ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސް ބިން ވެހިކަލްތައް ޕާކް ކުރަން ދިނުމަށް ސަރުކާރުން ނިންމައިފިއެެވެ.
ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސް ބިން ވެހިކަލްތައް ޕާކް ކުރަން ދިނުމަށް އެ ބިން ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ވަނީ ފަށާފައެވެ. އެތަނުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޓެކްސީ އާއި އެހެން ބޭނުންތަކަށް ވެހިކަލްތައް ދުއްވާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕާކު ކުރާނެ ޖާގަ ނެތުން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް، މާލެ އާއި ހުޅުމާލެ އަކީ އަމާން ތަނަކަށް ހެދުމުގެ ބޭނުމުގައި 90،000 އަކަފޫޓުގެ އެ ބިން ވަގުތީ ގޮތުން ބޭނުން ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން 50،000 އަކަފޫޓުގެ ސަރަހައްދެއް ހާއްސަ ކުރަނީ ޓެކްސީތަކާއި އެހެނިހެން ވެހިކަލްތަކުގެ ޕާކިން އަށް ކަމަށެވެ. އަދި ބާކީ 40،000 އަކަފޫޓުގެ ޖާގަ ހުސްކުރަން ނިންމާފައި ވަނީ ފުލުހުން ޓޯ ކުރާ ވެހިކަލްތަކަށްކަން އަމީން ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި މިތަނުގައި ޕާކު ކުރަން ފުރުސަތު ލިބިގެން ދާނެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގގެ ދަތިކަން ޙައްލުކުރުމަށްޓަކައި، މި މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ޓެކްސީތަކާއި 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ވަގުތީ… pic.twitter.com/Kdf0sXoSWR
— Ministry of Transport and Civil Aviation (@MoTCAmv) September 9, 2024
މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން 50،000 އަކަފޫޓުގެ ސަރަހައްދެއް ހާއްސަ ކުރަނީ ޓެކްސީތަކާއި އެހެނިހެން ވެހިކަލްތަކުގެ ޕާކިން އަށް ކަމަށެވެ. އަދި ބާކީ 40،000 އަކަފޫޓުގެ ޖާގަ ހުސްކުރަން ނިންމާފައި ވަނީ ފުލުހުން ޓޯ ކުރާ ވެހިކަލްތަކަށްކަން އަމީން ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި މިތަނުގައި ޕާކު ކުރަން ފުރުސަތު ލިބިގެން ދާނެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު