އުތުރުތިލަފަޅުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ އެގްރިކަލްޗަރ ޒޯންގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ތައްޔާރުވަމުން ދާކަމަށް އެގްރިކަލްޗަރ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރަމީލާ ރޭ ވިދާޅުވީ، އެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ބިން ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ކަމަށެވެ. ނަމަވެސް، މި މަޝްރޫއު އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ނިމި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިން ވެސް ތައްޔާރުކޮށް މިހާރުވަނީ ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެތަނުގައި ދަނޑުވެރިކަން ކުރުމަށް 200 އެއްހާ ހެކްޓަރުގެ ބިން ލިބޭނެ ކަމަށާއި އެ ބިންތައް ބޭނުންކުރަން ފަށާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ފުރަތަމަ ފޭސްގައި އޭގެ ތެރެއިން 100 ހެކްޓަރު ބޭނުންކުރާނީ ގްރީންހައުސްއަށް ކަމަށާއި ދެވަނަ ފިޔަވަހީގައި ދެން އޮތް 100 ހެކްޓަރު ބޭނުންކުރާނީ ބިމަށް މޫ ބާލައިގެން ހައްދާ ބާވަތްތަކަށް ކަމަށް ރަމީލާ ވިދާޅުވިއެވެ.
ސަރުކާރުން އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ފަށަން ނިންމާފައިވަނީ ރާއްޖެއަށް އެތެރެކުރާ ދަނޑުވެރިކަމާގުޅޭ ކާބޯތަކެތީގެ މިންވަރު މަދުކުރުމަށާއި ސްޓޭޕްލް ފުޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު