މާލޭގެ "ގާމަގު ކެފޭ" ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިއްޖެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހ. ދޫހިމެރި ގޭގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވަނީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ.
އެ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
އެންޑީއެމްއޭއިން މީގެ ކުރިން ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން 56 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި 50 ބިދޭސީންނާއި ހަ ދިވެހިން ހިމެނޭ ކަމަށެވެެ. އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މިއަދު މެންދުރުފަހު 14:47 ހާއިރު ހ. ދޫހިމެރިގޭގައި ހިނގި އަލިފާނުގައި ހާދިސާގައި އަލިފާން ރޯވެފައިިވަނީ އެގޭގައި ހިންގާ ގާމަގު ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައެވެ. މި ހާދިސާގައި ހ. ދޫހިމެރިގޭގެ އިތުރުން އެ ގެއާއި އިންވެގެން ހުންނަ ގެއަކަށްވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެެވެ. މިހާދިސާ އާއި ގުޅިގެން ދުމުގެ އަސަރުކޮށްގެން ބިދޭސީ އަންހެނަކާއި ދިވެހި އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ހ.ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ އަދާހަމަ
— NDMA Maldives (@NDMAmv) September 9, 2024
- 37 މީހުން ހާލުގައި ޖެހިފައިވޭ
- މީގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން
މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް މި އޮތޯރިޓީން މިވަގުތު ދަނީ ކުރަމުން pic.twitter.com/mQKb931wuY
އެ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
އެންޑީއެމްއޭއިން މީގެ ކުރިން ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން 56 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި 50 ބިދޭސީންނާއި ހަ ދިވެހިން ހިމެނޭ ކަމަށެވެެ. އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މިއަދު މެންދުރުފަހު 14:47 ހާއިރު ހ. ދޫހިމެރިގޭގައި ހިނގި އަލިފާނުގައި ހާދިސާގައި އަލިފާން ރޯވެފައިިވަނީ އެގޭގައި ހިންގާ ގާމަގު ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައެވެ. މި ހާދިސާގައި ހ. ދޫހިމެރިގޭގެ އިތުރުން އެ ގެއާއި އިންވެގެން ހުންނަ ގެއަކަށްވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެެވެ. މިހާދިސާ އާއި ގުޅިގެން ދުމުގެ އަސަރުކޮށްގެން ބިދޭސީ އަންހެނަކާއި ދިވެހި އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު