އެކްސިޑެންޓްތަށް ހިނގަނީ ފުލުހުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓިގެން ނޫން ކަމަށް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވީ ފަހަކަށް އައިސް އެކްސިޑެންޓްތައް ހިނގުން އިތުރުވެފައިވަނީ ފުލުުހުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓިގެން ނޫން ކަމަށެވެ. އެގޮތުން އެކްސިޑެންޓްތައް ހިނގަނީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ފަރުވާ ކުޑަވުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވުމާއި އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށް ބައެެއް ފަރާތްތަކުން ނުބެލުމުގެ ސަބަބުން ކަމަށް ދާއޫދު ވިދާޅުވިއެވެ.



މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް ނިކުމެ، ހާއްސަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓްތައް ހަދައި ވެހިކަލްތައް ފާސްކުރަމުން އަންނަ ކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފެށި ހާއްސަ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މި ދުވަސްވަރު މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މާލެ އާއި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ގަލަން

10-Sep-2024

ތިޔައުޅެނީ މަގުމަތީގައި ރަތްޔިތުންގެ ރައްކާތެރިކަން ހޯދާއިދޭން މަގުތަކައް ޕޮލިހުންނިކުންނަންޖެހޭތި ކަންބޮޑުވެގެން ސަކުވާނުކޮއް މަގުތައް ބަލަހައޓާދިނީމަ ރަގަޅުވާނެ


0

އަހުމަދު

10-Sep-2024

ހަމަ ނުބެލެހެއްޓެނީ .މިހާރު ކީއްވެތަ ތިބެލެހެއްޓެނީ .ބާރަށްދުއްވީމަ ފަހަތުން ގޮސް ތިޗެކުކުރަނީ ކުރިން ވެސް ތިގޮތް ގޮތެއްނޫން.ގޮނޑި ހޫނުކޮއްފަ ތެދުވެ އުޒުރު ނުދައްކާ



ޓްރެންޑިން