ބަނގުރާ ގެންގުޅެ ވިޔަފާރިކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލަގައި ހައްޔަަރުކުރީ އިންޑިއާގެ ދެ މީހުންނެވެ.

އެއީ ސެލްވަކުމާރު ގަނޭޝަންއާއި ސްޓާލިން މުޑިއައްޕަން އެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުންވެސް ވަނީ ކުށަށް އިއުތިރާފްވެސް ވެފައެވެ. އަދި ބަނގުރަލުގެ ވިޔަފާރިކުރާކަން ފިހާރައިގެ ބޮޑުމީހާއަށް ނޭނގޭ ކަމަށާއި އަދި އެފަދަ ކަމެއް ދެން ތަކުރާރު ނުކުރާނެ ކަަމަށް ވެސް ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އޭގެ ތެރެއިން އެކަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށާއި އެ މައްސަލައިގައި އިތުރު މީހުންވެސް ބައިވެރިވާ ކަމަށް ޝައްކުކުރެވޭތީ އެކަން ބަލަމުންދާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި އެ ދެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން