2019 ވަނަ އަހަރު ތަންފީޒުކުރަންފެށި ގާނޫނީ ފަންނުގެ ގާނޫނާ އެއްގޮތަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ހަދަން ޖެހޭ ބާ އިމްތިހާން އަންނަ މަހު ބާއްވާ ގޮަތަށް ނިންމައިފިއެވެ.
ބާ ކައުންސިލްއިން ރޭ ބުނީ އެ އިމްތިހާން ބާއްވާނީ ހަމައެކަނި މާލޭގައި ކަމަށެވެ. އަދި ދުވަހާއި ބާއްވާ ތަން ވަރަށް އަވަހަށް އިއުލާންވެސް ކުރާނެ ކަމަށެވެ.
ނަމަވެސް އެެ އިމްތިހާން ބާއްވާނީ އިމްތިހާން ހަދަން ރަޖިސްޓްރީކުރާ ވަކީލުންގެ އަދަދަށް ބެލުމަށް ފަހު ކަމަށް ވެސް ބުނެފައިވެއެވެ.
ސަތޭކަ ހަތްދިހަހަ ދަރިވަރުންނާއެކު ބާ އިމްތިހާން އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އައްޑޫ އަދި މާލޭގައެވެ. 68 ޕަސެންޓް ވަކީލުން އެ އިމްތިހާނުން ފާސްވިއިރު 18 ވަކީލަކު ޓޮޕް އެޗީވާސްގެ ގޮތުގައި ހިމެނުނެވެ.
އިނގިރޭސި އަދި ދިވެހި ބަހުން ފަރުމާކުރެވިފައިވާ މި އިމްތިހާނުގައި ހިމެނެނީ 120 މަލްޓިޕަލް ޗޮއިސް ސުވާލު ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު