މި އަހަރުގެ ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފިއެވެ.

ޒުވާނުންގެ އިނާމު ދިނުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭގެ ކުރިން އެ އިނާމަށް ކުރިމަތިލުމަށް ހުޅުވާވެސްލިއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާ ދުވަސް ފަސްކުރީއެވެ.

ޔޫތު މިނިސްޓްރީން ރޭ ބުނީ މި އަހަރުގެ ޒުވާނުންގެ ދުވަސް އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން