މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން ދެ ލައްކައެއްހާ ރުފިޔާގެ އެހީ ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ އިއްޔެ ހަވީރު ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ދެ ލައްކައެއްހާ ރުފިޔާގެ އެހީ ދީފައިވާ ކަމަށެވެ.

ހ. ދޫހިމިރިގޭގައި ހުންނަ މި ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހުނެވެ. އެއީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ.

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އަލިފާން ރޯވި ގެއާ ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށް ވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު އަދި ދުމުގެ އަސަރު ކުރި ކަމަށެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ދިވެހިންގެ ތެރޭގައި ގިނައީ ކުއްޔަށް އުޅޭ މީހުން ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެހެންވެ، އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ހަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން