އެސްޓީއޯގެ ދަށަށް ފެނަކަ ގެންގޮސްގެން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ފެނަކަ އަދި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން މިދިޔަ މަހު ވަނީ ނިންމައިފަ އެވެ.

އެއީ ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

ނަމަވެސް ރޭ އެމްޑީޕީން ގެނެސްދިން ޕެނަލް ޑިސްކަޝަންގައި ޝަރީފް ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ގެނެސްގެން ހަރަދު ކުޑަކުރާނީ ކިހިނެއްތޯއާއި އަދި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ސަރުކާރުން ނުދޭ ކަމަށެވެ.

އެހެންކަމުން އެކަމުގައި ވަރަށް ބޮޑު ސިއްރު އެޖެންޑާއެއް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ހަމަ އެހެންމެ އެސްޓީއޯގެ ދަަށަށް ފެނަކަ ގެނެސްގެން އަސްލު ފައިދާއެއް ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމަކުން ފެނަކައަކަށް ޓެކްނިކަލީ އެއްވެސް ކަހަލަ ފައިދާ އެއް ނުކުރާނެ. އޭގެ ސަބަބުން ރައްޔިތުންނަށް ވެސް ވާނެ ފައިދާއެއް ނެތް. ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި އަޅުގަނޑަށް މި ފެންނަނީ ފެނަކައިގެ ބެލެންސްޝީޓް ކްލީންކޮށްލަންވެގެން އެސްޓީއޯގެ މާލިއްޔަތުގެ ތެރެއިން ކޮންމެވެސް ވަރެއް ޕަމްޕްކޮށް ބެލެންސް ޝީޓް ކްލީންކޮށްލާ ގޮތަށް." އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން