އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގާމަގު ކެފޭ ހިންގި ހ. ދޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭގައި އިއްޔެ މެންދުރު ފަހު ހިނގި މި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެ ތަޅާލުމުގެ މަސައްކަތް ފަށާފައިވާއިރު އަލިފާނުގެ ހާދިސާގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަން ފާހަގަ ކުރެވެއެވެ.

މި އަލިފާނުގެ ހާދިސާގައި 57 މީހުން ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މައުލޫމާތު ދެއެވެ.

ތިން ފަންގިފިލާއަކަށް ހަދާފައިވާ މި ގޭގެ ތިރީގައި ހުންނަ “ގާމަގު ކެފޭ" ނަމަކަށް ކިޔާ ކެފޭ ގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި ވަނީ އިއްޔެ 14:47 ހާއިރުގައެވެ. އިމާރާތުގެ ތިރީގައި ކެފޭހުރިއިރު، މަތީގައި ހުރި ދެ ފަންގިފިލާ ހަދާފައިވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި ހ. ދޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް އެ ވުޒާރާގެ ޑިޒާސްޓަރ ވޯރކްސް ޑިޕާޓްމެންޓުން ފަށާފައިވާ ކަމަށެވެ.

އެއިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރި ފަހުން، ރޭވެސް އެތަނުގައި ރޯވެގެން ރިޕޯޓްކޮށްފައި ވެެއެވެ.

އެތަނުގައި އަލިފާން ރޯވާން މެދުވެރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން