ސަސްޕެންޑްކޮށްފައި ތިބި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އެ ދެ ބޭފުޅުންނާއި ޑެޕިއުޓީ މިނިސްޓަރ މަހުޒޫމް މާޖިދު ސަސްޕެންޑްކުރީ އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން ނެވެ.
އެ މައްސަލައިގައި އިންޑިއާއާއި ރާއްޖެއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އެ ތިން ބޭފުޅުން މަގާމުން ވަކިކުރަން ވެސް އިންޑިއާއިން ޕްރެޝަރުކުރި އެވެ.
އެ ތިން ބޭފުޅުން ސަސްޕެންޑްކޮށްފައި ތިއްބެވީ މުސާރަ ލިބޭ ގޮތަށެވެ.
ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުގައި މުސާރަ ހިނގާ ގޮތަށް އެހާ ގިނަ ދުވަހު ސަސްޕެންޑްކޮށްފައި އެ ބޭފުޅުން ތިއްބެވުމުން ގިނަ ބައެއްގެ ފާޑުކިއުން އޮތީ އަމާޒުވެފަ އެެވެ.
ނަމަވެސް ސަސްޕެންޝަންގައި ތިއްބެވި ޝިއުނާއާއި މަލްސާ މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.
ޝިއުނާއާއި މަލްސާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި އިރު އެމަނިކުފާނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު