ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އުމުރު ފުރައަށް ބަލާއިރު އެންމެ ގިނައީ 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން ކަމަށާއި، ބަލި ކޮންޓްރޯލް ކުރެވޭނީ އެ އުމުފުރާތަކުގެ މީހުން އިތުރަށް ސަމާލުވެެގެން ކަމަށް ޑރ.އިބްރާހިމް އަފްޒަލް ރޭ ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވާ ކޭސްތަކުގެ އުމުރު ފުރައަށް ބަލާއިރު އެންމެ ގިނައީ 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. ދެވަނަ އަށް އެންމެ ގިނައީ 40 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރު ފުރާގެ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެއްދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވަމުން އަންނައިރު، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ޕޮޒިޓިވްވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް މިހާރަކަށް އައިސް އެންގެ ގިނައިން ޕޮޒިޓިވްވަނީ އެއްވެސް ވަޒީފާއެއްގައި ނޫޅޭ ޒުވާނުން ކަން ފާހަގަކުރައްވައި ޒުވާނުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަމާލުކަން ދިނުމަށް އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ. ޑރ. އަފްޒަލް ވިދާޅުވީ މަސައްކަތެއް ނެތި ގޭގައި ހުންނަން ޖެހުމުން ގިނަ ވަގުތު ބޭރުގައި އުޅުމާއި، ގިނައިން ކެޕޭ، ރެސްޓޯރެންޓްތަކަށް ދިޔުމުގެ އިތުރުން ދިރިއުޅޭ ގެއަށް ބޭނުންވާ އެކިއެކި ސާމާނު ގަތުމުގައި އެމީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރު ކަމަށެވެ. އެހެންކަމުން ޑރ. އަފްޒަލް ވަނީ ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ގެއިން ބޭރަށް ނުނިކުތަމަށް އިލްތިމާސް ކުރައްވާފައެވެ.
ފަހަކަށް އައިސް، އެއްވެސް ކޭސްއަކާ ގުޅުން ނެތް ކޭސްތައް ފެންނަ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އޭގެ މާނައަކީ ކޮމިއުނިޓީ ސްޕްރެޑް ވަރަށް ބޮޑަށް އިތުރުވުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ. އަފްޒަލް ވިދާޅުވީ ގުޅުން ނެތް ކޭސްތައް ހޯދުމުން، ބަލި ފެތުރޭ މިންވަރު ދެނެގަނެވޭނެ ކަމަށެވެ. އަދި ގުޅުން ނެތް ކޭސްތައް އިތުރުވުމުގެ މާނައަކީ، ނޭނގޭ ގޮތްގޮތަށް ބަލި ފެތުރެމުން އައުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.
"އެހެން ގޮތަކަށް ބުނާ ނަމަ ކޮމިއުނިޓީ ސްޕްރެޑް ވަަރަށް ގަދަޔަށް އެބަ ހިނގައޭ." ޑރ. އަފްޒަލް ވިދާޅުވި އެވެ.
މީގެ އިތުރުން އަފްޒަލް ވިދާޅުވީ ފެސިލިޓީތަކަށް ގެންދަން ޖެހޭ 359 މީހުންގެ ތެރެއިން އެޗްޕީއޭގެ ކެޕޭސިޓީއާ ހެދި ނުގެންދެވި ތިބީ އެންމެ 22 މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ދެން ތިބި މީހުންގެ ތެރޭގައި ފެސިލިޓީ އަށް ދާން އިންކާރު ކުރާ 85 މީހަކާއި އާއިލާގެ މީހުންގެ ނަތީޖާ ލިބުމުން ދާން އެދިފައިވާ މީހުން ހިމެނޭ ކަމަށެވެ. އަދި ނުގުޅިގެން ނުގެންދެވި ތިބި 14 މީހަކު މީގެތެެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަަދަދު މިހާރު ވަނީ 6225 އަށް އަރާފައެވެ. އޭގެ ތެރެއިން 3،788 މީހުން ރަނގަޅުވި އިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު