ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ދެ ގައުމުގެ މެދުގައި މަޝްވަރާކޮށް ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީހެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

މި ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ހީނާ ނުދެއްވައެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތަށް އިންޑިއާއަށް ވަޑައިގަންނަވާފައެވެ.

ސަރުކާރުން ދަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން