ބުރިޖާއި ހައިވޭ ޕެޓްރޯލްކުރަން ފުލުހުން ސައިކަލު ބޭނުންކުރަން ފަށަން ނިންމައިފި އެވެ.

ޕީއެސްއެމުން ރޭ ގެެނެސްދިން ޕްރޮގްރާމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ލުތުފީ ވިދާޅުވީ މާލެ ތެރޭގައި ހިނގާ އެކްސިޑެންޓްތަކަށްވުރެ ބުރިޖުގައި ހިނގާ އެކްސިޑެންޓްތަކުން ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށެވެ.

އަދި މީހުންނަށާއި އުޅަނދަށް ލިބޭ ގެއްލުންވެސް ބުރިޖުގައި މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ އެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ބުރިޖާއި ހައިވޭ ޕެޓްރޯލް ކުރުމުގެ މަަަސައްކަތް އިތުރަށް ހަރުދަނާ ކުރަން ނިންމާފައިވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ މިހާރު ބުރިޖާއި ހައިވޭ ޕެޓްރޯލް ކުރަމުން ދަނީ ކާރު ބޭނުންކޮށްގެން ކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ސަރަހައްދަކަށް ވުމާއެކު މާލެ އަދި ހުޅުމާލޭގައި ޕެޓްރޯލް ކުރާ ގޮތަށް ނޫނީ ޕޮއިންޓް ހަދައިގެން އެކަން ބެލެހެއްޓުމަކީ ފުލުހުންނަށް އެހާ ފަސޭހަކަމެއް ނޫން ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މި ބަލަނީ މި ހަފުތާ ނިމުމުގެ ކުރިން ވީހާވެސް ބޮޑަށް އެކްސިޑެންޓްތަކާ އަދި ކަންތައްތައް މިނިމައިޒް ކުރުމަށްޓަކައި އަޅުގަނޑުމެން ސައިކަލު ބޭނުން ކުރަން. ސައިކަލު ބޭނުންކުރަން ފެށީމަ މީގަ ފަސޭހައަކީ އަރިމަތީގައި މަޑުކޮށްގެން ތިބޭ މީހުން ފޮނުވާލަން ފަސޭހަވާނެ. މި ސައިކަލަކީީ ސައިރަން ބީކަން އަދި މައިކް ހަރުކޮށްފައި ހުންނަ

ސައިކަލުވިމަ އަޅުގަނޑުމެންނަށް ދުއްވަމުންވެސް މައިކް ބޭނުންކުރެވޭނެ، މިސާލަކަށް ފޯނެއްގައި ބުރިޖާއި ހައިވޭގެ އަރިމަތީގައި މަޑުކޮށްގެން ތިބިއްޔާ، ތި ކަންތައްތަކަކީ މަނާކަމެކޭ، މި ވެނި ހިސާބަކަށް ކައިރިކޮށްލާށޭ [ބުނެފަ] ފައިން ކުރެވޭނެ" ލުތުފީ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން