ހޯމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓްރީގެ މަގާމުން ދާދި ފަހުން އިސްތިއުފާދެއްވި ހިންނާ ޚާލިދު ފޮރިން މިނިސްޓްރީގެ އިސް މަގާމަކަަށް އައްޔަނުކުރައްވައިފިއެވެ.

"ރަސް" އަށް އެނގިފައިވާ ގޮތުން ހިންނާ އައްޔަނުކުރެއްވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ.

ހިންނާ ހޯމް މިނިސްޓްރީގެ ޕީއެސްކަމުގައި ހޭދަކުރެއްވީ ތިން މަހެއްހާ ދުވަހެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފެއްނުވެއެވެ.

ހިންނާ ކުރިން ވަނީ ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީގެ މަގާމުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވައިފައެވެ.

ހިންނާ ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން