މިދިޔަ ހޯމަ ދުވަހު ޒަޚަމްތަކަކާއެކު ގެސްޓުހައުސްއަކުން ފެނުނު މީހާގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

ޒަޚަމްވެފައި އޮތް އެ ދިވެހި މީހާ ފެނުނީ ހެންވޭރުގެ ގެސްޓްހައުސްއެއްގެ ކޮޓަރިއްގައި ޚަބަރެއް ނުވާތާ ގިނަ އިރުތަކެއް ވެގެން ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ވަދެ ބަލައި ފާސްކުރުމުންނެވެ.

އެ މީހާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފުސީލެއް ފުލުހުން ނުދެެއެވެ. އަދި އެ ޒަޚަމްތަކަކީ ބަޔަކު ދިން ޒަޚަމްތަކެއް ކަމެއް އަމިއްލައަށް ލިބުނު ޒަޚަމްތަކެއް ކަމެއްވެސް ސާފެއް ނުވެއެވެ.

އޭނާ ޒަޚަމްތަކާއެކު ފެނުނު ދުވަހު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށައިފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ރަސް"އަށް ވިދާޅުވީ އޭނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ވެސް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން