ބިދޭސީން ދިވެހި އަންހެނުންނާއި ކައިވެނި ކުރަން ހުށަހަޅާ މިންވަރު ކުއްލި އަކަށް އިތުރުވެފައިވާ ކަމަށް ފެމެލީ ކޯޓުން ހާމަކޮށްފިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަަނެއް ވަނީ ފަށާފައެެވެ. އިމިގްރޭޝަނާއި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މި އޮޕަރޭޝަން ހުއްޓުމެއްނެތި ދަނީ ކުރިއަށެެވެ.

ފެމެލީ ކޯޓުން މިއަދު ބުނީ ބިދޭސީން ދިވެހި އަންހެނުންނާއި ކައިވެނި ކުރަން ހުށަހަޅާ މިންވަރު ކުއްލި އަކަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ބިދޭސީން ދިވެހި އަންހެނުންނާއި ކައިވެނި ކުރުމަށް ފޯމު ހުށަހަޅާ މިންވަރު ކުއްލިއަކަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ފާހަގަވާން ފެށީ މި ހަފްތާ އާއި މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި 85 ދިވެހިން ބިދޭސީންނާއި ވަނީ ކައިވެނިކޮށްފައެވެެ. ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ކުށުގެ ވެށީގައި އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 266 ރެއިޑް އޮޕަރޭޝަން ހިންގައި، 3،500 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްލައިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން