ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލުގައި ވާދަކުރާ ދިވެހި ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައިފިއެވެ.

މިރޭ އޮންނަ ކާވާ ވިމެންސްގެ ފައިނަލްގައި ވާދަކުރަނީ ރާއްޖެއާއި ކިރްގިސްތާނެވެ. ދިވެހި ޓީމަށް ރައީސް މުޢިއްޒު ހިތްވަރު ދެއްވީ "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ، ދިވެހި ޤައުމީ ޓީމަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.



ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރަނީ ހަތަރު ގައުމަކުންނެެވެ. އެ ގައުމުތަކަކީ ދިވެހިރާއްޖެ އާއި ކިރްގިސްތާނާއި، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ރާއްޖެއިން ހޯދާފައިވަނީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ތަޖިކިސްތާން އަތުން 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން