ކޯވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ވެންޓިލޭޓަރު ގަތުމަށް ބަޔަކާއި ހަވާލުކޮށްފައިވަނީ ބިޑް ކޮމެޓީއަށް ލިބިފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރމަން ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން މިނިސްޓްރީން ގަތް ވެންޓިލޭޓަރުތަކާއި ގުޅިގެން އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވާކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ވަކި ބައެއްގެ ބޮލުގައި ބަދުނާމު އެޅޭގޮތުން ދެއްކޭ ވާހަކަތައް ކުއްވެރިކޮށް ޑެޕިއުޓީ މިނިސްޓރަ އަދި ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ނުރެއްވި ބަޔާނުގައި ވިދާޅުވިީ ކޯވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރ ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަޤާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށެވެ.
މުޅިދުނިޔެއަށް ޕަބްލިކް ހެލްތު ޕެންޑަމިކް އެމަރޖެންސީގެ ޙާލަތު ކުރިމަތިވެފައި ވުމާއި، ދުނިޔޭގެ ޤައުމުތަކުގައި ކޮވިޑް ބަލިޖެހޭމީހުން ފަރުވާކުރާ އެންމެ މުހިންމު ވަޞީލަތަކީ ވެންޓިލޭޓަރ ކަމަށްވެފައި އަދި ވެންޓިލޭޓަރ ހޯދުމުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް ވެންޓިލޭޓަރގެ ޑިމާންޑް ބޮޑުވެ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.25 ގެ (ރ) ގެ 2 އަދި 4 ނަންބަރުގައިވާ ގޮތުގެ މަތީން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން 75 ވެންޓިލޭޓަރ އެގްޒިކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި ޙަވާލުކުރުމަށް ބިޑްކޮމިޓީއިން ނިންމާފައިވަނީ، މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާހުރިތޯ ބެލުމަށްފަހު މަސައްކަތް ހަވާލުކޮށްގެން ކުރިޔަށްދިއުމަށް ކަމަށް ނިޝާމާ ވިދާޅުވިއެވެ.
"ހަމައެއާއެކު މިނިސްޓަރ އޮފް ހެލްތު ޑަބްލިއު.އެޗް އޯގެ ރެޕްރެޒެންޓޭޓިވް މެދުވެރިކޮށް ހޯއްދަވާފައިވާ ފަރާތެއް ކަމަށްބުނެ ބިޑުކޮމިޓީއަށް ހުށައަޅާފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވުމާއި، މީގެ އިތުރުން މިނިސްޓްރީގެ ބިޑް ކޮމެޓީގެ ފަރާތުން ޑަބްލިއު.އެޗްއޯ ކަންޓްރީ އޮފީހުން އިތުރަށް މަޢުލޫމާތު ސާފުކޮށް އަދި ފައިނޭންޝިއަލް ކޮންޓްރޯލަރ
ބިޑްކޮމިޓީއަށް ހާޒިރުކޮށް ދެއްވި މަޢުލޫމާތުގެ މައްޗަށް ބުރަވެ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީ ނަންބަރ 13.133/23/20240/11 އިން މިނިސްޓަރ އޮފް ފިނޭންސް އެޕްރޫވަލް ދެއްވައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން ކުރިޔަށްގެންދިއުމަށް އަންގަވާފައިވުމާއެކު، ކޮންމެހެން ހޯދަންޖެހޭ ވެންޓިލޭޓަރ ތަކަކަށްވާތީ، ވަގުތާއި ޙާލަތަށްބަލައި ވެންޓިލޭޓަރގެ މުހިންމުވެފައިވާލެއް ބޮޑުކަމުން ތަކެތި ނުލިބި ލަސްވެއްޖެނަމަ އެތަށްބައެއްގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބަޔާންކޮށް ހުށައަޅާފައިވާތީއެވެ." ނިޝާމާ ނެރުއްވި ބަޔާނުގައިވެއެވެ.
މިމައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަހުޤީގެއް ކުރަމުންދަނިކޮށް މިކަމުގައި ކަންހިނގާފައިވާ ގޮތުގެ އަސްލު އޮޅޭގޮތަށް ވަކިބަޔަކު ބަދުނާމުވާގޮތަށް ވާހަކަދައްކަމުންދަނީ މިހާރު ކުރިޔަށްދާ ތަހުޤީޤަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށްކަމަށް ނިޝާމާ ވިދާޅުވިއެވެ. މިމައްސަލާގައި މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތައް ޝާމިލްވާގޮތަށް މިކަން ހިންގާފައިވާ ގޮތުގެ ފުރިހަމަ ތަހުޤީގެއް ކަމާ ގުޅުން ހުރި އިދާރާތަކުން ކޮށް، ކަން ހިންގާފައިވާ ގޮތުގެ ތަފްޞީލް މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ނިޝާމާ ވިދާޅުވިއެވެ.
"މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރ ގަތުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ އެއްމެ އިސްފަރާތެއްގެ ހައިސިއްޔަތުން އަޅުގަނޑު ޢަމަލުކޮށްފައިވަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ހެޔޮނިޔަތުގައެވެ. މިނިސްޓްރީގެ ބިޑް ކޮމެޓީގެ ނިންމުންތައް ނިންމާފައިވަނީ ބިޑް ކޮމެޓީއަށް ލިބިފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މިކަމާ ގުޅޭގޮތުން ކަން ހިނގާދިޔަ ގޮތުގެ ތަފްޞީލް މަޢުލޫމާތު ތަހުޤީޤު އިދާރާތަކާ ޙިއްސާކުރާނެވާހަކަވެސް ދަންނަވަމެވެ. މިމައްސަލައާ ގުޅޭގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ފުރިހަމަ އެހީ ތެރިކަމާ އެއްބާރުލުން އަޅުގަނޑުގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަން މިފުރުސަތުގައި އަރުވަމެވެ." ނިޝާމާގެ ބަޔާނުގައި ވެއެވެ.
މިމައްސަލާގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ މިކަމުގައި އެންމެބޮޑު އިހުމާލުވުމެެއް އޮތީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއާއި، މާލީ ޒިންމާދާރުވެރިޔާގެ ކަމަށެވެ. އަދި މިކަމުގައި ފިނޭންސް މިިނިސްޓްރީގެ އިހުމާލުވުމެއް އޮތްކަމަށް ގަބޫލުނުކުރެއްވޭ ކަމުގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު