ކުޅުދުއްފުށި ސިޓީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު އޭނާގެ ހަށިގަނޑު އޮތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ.

ކުޅުދުއްފުށި ފަޅުތެރެއިން މަރުވެފައި އޮއްވާ މިއަދު ފެނުނީ އެރަށު ޑޭޒީ ފެހި އުމުރުން 36 އަހަރުގެ މުޙައްމަދު ޙަސަންއެވެ. މުޙައްމަދު ޙަސަންގެ ހަށިގަނޑު ފަޅުތެރެއިން ފެނުނީ މިއަދު ހެނދުނު 8:38 ގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އިއްޔެވަނީ ނ. ހޮޅުދޫގައި ވެސް އަންހެނަކު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައި ވެއެވެ. އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން