އެކި ބޭނުން ތަކުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެެއްއަހަރު ދުވަހަށް ރެސިޑެންސް ވިސާ ދޭގޮތަށް މިއަދު ނިންމައިފިއެވެ.
ލަންކާގައި އުޅޭ ދިވެހިން ތިބޭ ޝޯޝަލް މީޑިޔާ ގުރޫޕަކަށް ހައިކޮމިޝަނުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސްރީލަންކާގައި ދިރިއުޅެމުންގެންދާ ދިވެހި ރައްޔިތުންނަށް ވިސާ ޖެހުމުގައި ކުރިމަތިވަމުންދާ ދަތި އުނދަގޫތަކަށް ހައްލު ހޯދުމަށްޓަކައި ހައިކޮމިޝަންގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ރެސިޑެންސް ވިސާ އެއް އަހަރު ދުވަހަށް ޖަހައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މެސެޖްގައި ބުނެފައިވެއެެވެ. އެ މެސެޖްގައި އިތުރަށް ބުނެފައިވަނީ މި ބަދަލާއިއެކު އެނޫންވެސް ގިނަ ހެޔޮ ބަދަލުތަކަކަށް މިހާރު ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއްބަސްވެވުނު ވިސާގެ ލުއިތަކަށް އަމަލީ ގޮތުން އަމަލު ކުރެވެމުންދާ ވަރަކަށް ދިވެހިންނާ އެކަން ހިއްސާ ކުރާނެ ކަމަށް އެމެސެޖްގައި ވަނީ ބުނެފައެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މިހާރު ރެސިޑެންސް ވިސާ ދެނީ ހަ މަހުގެ މުއްދަތަށެވެ. ލަންކާގެ ވިސާ އުސޫލަށް މިއަހަރު ގެނައި ބަދަލާއެކު ދިވެހިންނަށް އޮން އެރައިވަލް ވިސާ ތިން މަހަށް ލިބުމުގައި ވެސް ދަތި ތަކެއް ދިމާވިއެވެ.
ދިވެހިންނަށް ވިސާ ދިނުމުގައި ކުރިން ދިން ލުއިތައް ހަރުކަށި ކުރުމުން ލަންކާގައި ދިރިއުޅެމުންދިޔަ ގިނަ ދިވެހިން ވަނީ އެގައުމު ދޫކޮށް މެލޭޝިޔާ އާއި އިންޑިޔާ އަށް ބަދަލުވެފައެވެ. ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންގެ ފަރާތުން "ރަސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި އިމިގްރޭޝަނަށް ވިސާ ހޯދަން ދިޔުމުން ކައުންޓަރުތަކުގައި ތިބޭ އެކި މީހުން ވިސާ ދޭ އުސޫލު މާނަކޮށް އެކި ފަހަރު ވާހަކަ ދައްކަނީ އެކިގޮތަށެވެ. އަދި ބައެެއް ދިވެހިންގެ އަތުން ބޮޑެތި އަދަދު ތަކުން ފައިސާ ނަގަމުންދާކަން ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންގެ ފަރާތުން "ރަސް" އަށް އެނގިފައިވެއެވެ.
ލަންކާގައި އޮން އެރަވައިވަލް ވިސާ ދިނުމުމުގެ އުސޫލަށް ގެނައި ބަދަލާއި ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް ހިއްސާކުރައްވައި، އެކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެދިވަޑައިގަތުމުން ލަންކާ އިން ދާދި ފަހުން ވަނީ ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިދީފައެެވެ.
އަވައްޓެރި ލަންކާއަކީ ކިޔެވުމަށާއި ސިއްހީ ފަރުވާއަށް ގިނަ އަދަދެއްގެ ދިވެހީން މިހާރު ވެސް ދިރިއުޅޭ ގައުމެކެވެ. އަދި އެއީ ޗުއްޓީއަށާއި ވިޔަފާރިއަށް ވެސް އާންމުކޮށް ދިވެހިން ޒިޔާރަތްކުރާ ގައުމެއް ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު