ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު މަމްދޫޙަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި އުސްމާން އިބްރާހީމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

ތ. ވިލުފުއްޓަށް ނިސްބަތްވާ އުސްމާން ފުނަދުއަށް ގެންދިޔައީ ސިހުރު ހެދުމުގެ ބޭނުމުގައި، ޕީއެންސީގެ މެންބަރާއި ދެކޮޅު ބަޔަކުކަމަށް ތުހުމަތު ކުރެއެވެ. ބައެއް ހެތްކާއެކު އުސްމާން އެ ރަށުން ހައްޔަރުކުރީ މި އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ އުޅުނު ގެ ކައިރިއަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވެސް ވެއެވެ.

ޖުލައި މަހުގެ ތެރޭގައި އޭނާއަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު އޭނާއަށް ކުރަނީ ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތި ގެންގުޅުމުގެ ދައުވާއެވެ.

މި ކުށުގެ އަދަބަކީ ތިން އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން