ކުރީގެ ނާއިބްްރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު އިދިކޮޅު ކޯލިޝަނާއެކު
ކުރީގެ ނާއިބްްރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު އިދިކޮޅު ކޯލިޝަނާއެކު
ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ ތަހުގީގް ކުރިއަށް ގެންދަންޖެހޭނީ ހައްޔަރުގައި ބައިތިއްބައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. މުހަންމަދު ޖަމީލު މިއަދު ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރުކޮށްގެން ތަހުގީގު ކުރަން ޖެހެނީ މައްސަލައިގެ ހެކި ފޮރުވުމާއި ނުހައްގުން ހޯދި މުދާތައް އެހެން ދިމާއަކަށް ބަދަލު ކުރުމުގެ ފުރުސަތު އޮންނާތީ ކަމަށެވެ.

"ގާނޫނީ ފިޔަވަޅުތައް އެޅުން ލަސްވާ ވަރަކަށް، ތުހުމަތު ކުރެވޭ ފަރާތްތަކުން، މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނެ. ހައްޔަރުކޮށް ތަހުގީގު ކުރަން ޖެހޭނީ ހެކި ފޮރުވުމާއި ނުހައްގުން ހޯދި މުދާތައް ޓްރާންސްފާ ކުރުމުގެ ފުރުސަތު އޮންނާތީ." ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ހެލްތު މިނިިސްޓްރީގެ އޮޑިޓް ރިޕޯޓުން ފެންމަތިވި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ނިމެންދެން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ކޮމިޓީގެ ޗެއާއަކީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ. އޭނާ ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލައެއް މި ކަމުގައި އޮތް ކަން ސާފުވެގެން ދާނީ ތަހުގީގަށް ފަހުގައި ކަމަށް އޮޑިޓަ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. މައްސަލައިގެ ތަހުގީގު ނިމެންދެން އަމީން ވަނީ އަމިއްލަފުޅަށް މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތު ތަކުން ދުރަށް ވަޑައިގެންފައެވެ. މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަވެގެން ދިޔަ ހެލްތު މިނިސްޓްރީގެ ތެރޭގައި ހިނގި ކޮރަޕްޝަން ކަމަށް ބެލެވޭ މައްސަލަތައް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އަންގަވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން