ފުލުހުންގެ ނަމުގައި ޞައްޙަ ނޫން ބަޔާނެއް ދައުރުކުރަމުންދާ މައްސަލައިގައި ޠައްޔިބު ޝަހީމްގެ ފޯނު ފުލުހުން ހިފަހައްޓައިފިިއެވެ.
ފުލުހުން މިއަދު ބުނީ ޠައްޔިބުގެ ފޯނާއި، އިލެކްޓްރިކް ބައެއް ސާމާނު ހިފަހައްޓާފައިވަނީ ތަހުޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަދި އޭނާގެ މައްޗަށް ކުރެވެނީ ފުލުހުންގެ ނަމުގައި ޞައްޙަ ނޫން ބަޔާނެއް ދައުރު ކުރުމުގެ ތުހުމަތު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލް ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން ޠައްޔިބުގެ ފޯނު ހިފަހައްޓާފައިވާއިރު ދާދި ފަހުން އެކެއް ފެބްރުއަރީގެ ކޯޓު އަމުރާ ގުޅޭ ތަހުގީގު ބަޔާންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެއީ ދޮގު ބަޔާންތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޠައްޔިބު ވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު