ރަސްފަންނުގެ ވެލިމަގުގެ ގޮތުގައި ތަރައްގީކުރި ބޮޑުތަކުރުފާނުމަގުގެ ބައި، ގާއެޅުމަށްފަހު އުޅަނދުފަހަރަށް ދުއްވޭ ގޮތަށް އަލުން މިއަދު ހުޅުވާލައިފި އެވެ.
ރަސްފަންނު ހެދިއިރު މ. ރާވެރިގެއިން ފެށިގެން ވެސްޓްޕާކާ ހަމައަށް ބޮޑުތަކުރުފާނުމަގު އޮތީ ބަންދުކުރުމަށްފަހު ވެލި އަޅައި އުސްކޮށް، ހިނގާ މީހުންނަށް ހާއްސަ ތަނަކަށް ހަދާފައެވެ. މާލޭސިޓީ ކައުންސިލުން ބުނެފައިވަނީ އުޅަނދުފަހަރަށް ދުއްވޭ ގޮތަށް އެމަގު އަލުން ހުޅުވާލީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހު ފެށި މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކުރިން ވެސްޓްޕާކު ހުރި ސަރަހައްދު ވެސް މިހާރު ވަނީ ހުސްކޮށްފަ އެވެ. މި މަޝްރޫއުގެ ތެރެއިން މާލޭގައި މިނީ ބަސް ހިދުމަތް ވެސް ފެށުމަށް ނިއްމައިފައިވާއިރު ކުރިން ވެސްޓްޕާކު ހުރި ސަރަހައްދުގައި މަގާ އިންވެގެން އަޅާނީ ބަސް ސްޓޮޕެއް ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ތަރައްގީ ކުރުމަށް ރާވާފައިވަނީ މާލޭގެ އެންމެ ހުޅަނގުންނެވެ. ކައުންސިލުން ބުނީ ވެލި މަގު ހުޅުވާލުމާއެކު ޓްރެފިކަށް ބާރުބޮޑުނުވެ، ކަނބާއައިސާރަނި ހިނގުން އަދި އެމަގާއި ގުޅިފައިހުރި ގޯޅިތައް ތަރައްގީ ކުރަން އެ މަގުތައް ބަންދުކުރެވޭނެ ކަމަށެވެ. ކަނބާއައިސާރަނި ހިނގުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭގެ ބޮޑުތަކުރުފާނުމަގުން މާލެ ވަށައި ދުއްވޭނޭހެން ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު