ރާއްޖޭގައި އެމްޕޮކްސް ނުވަތަ މަކުނުވިދުރި ބައްޔަށް ޓެސްޓް ކުރެވޭ ގޮތް ހަދައިފިއެވެ.

ސިއްހީ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެމްޕޮކްސްއަސް ޓެސްޓް ކުރެވޭ ކިޓު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން އެމްޕޮކްސް ފެނިއްޖެ ހާލަތެއްގައި އެ ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ވަސީލަތްތައް ހުންނާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

މަންކީޕޮކްސްގެ ނަމުން މަޝްހޫރު މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ޑެންމާކުންނެވެ. އޭގެ ފަހުން މިދިޔަ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ވަނީ މި ބަލީގެ ނަން، އެމްޕޮކްސްއަށް ބަދަލު ކޮށްފައެވެ.

ފުރާނައަށްވެސް ނުރައްކާ ވާ ހާލަތަށް ދާ މި ބަލި އަވަށްޓެރި އިންޑިއާއި ޕާކިސްތާނުން ވެސް ވަނީ ފެނިފައެވެ. ރާއްޖެއިން ވެސް އެ ބައްޔަށް ޝައްކުވެގެން ދެ މީހަކު ޓެސްޓް ކުރިއެވެ. ނަމަވެސް އެ މީހުން ފައްސިވީ ފާނަބަސަންދަށެވެ.

މި ނުރައްކާތެރި ބަލި މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ, އަދި އެ ޤައުމާ އިންވެގެން ހުރި ޤައުމުތަކުގައެވެ. މި އަހަރުގެ މިހާތަނަށް ކޮންގޯއިން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު މީހުންގެ ޢަދަދު 19,710އަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން