ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމަށް ރައީސް ފަތްކޮޅު ދެއްވަނީ
ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމަށް ރައީސް ފަތްކޮޅު ދެއްވަނީ
ޓޫރިޒަމް މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފި އެވެ.

ޑރ. ޢަބްދުﷲ މައުސޫމް މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ޑރ. މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށެހެޅުމުން މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވާފައިވަނީ މިިމަހުގެ 10 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަންކުރުމަށް ފެންނަކަމަށް ކޮމެޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ސާފު އަޤުލަބިއްޔަތުންނެވެ. އެގޮތުން މައުސޫމަށް ރުހުން ދިނުމަށް ފެންނަކަމަށް 7 މެމްބަރުން ވޯޓު ދެއްވިއެވެ.

މަޢުޞޫމަކީ އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މައުސޫމް މީގެ ކުރިން ވަނީ ސަރުކާރުގެ މަތީ މަޤާމުތައްވެސް ފުރުއްވާފައެވެ. އޭގެއިތުރުން ޓުއަރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއްގައި ޑރ. މައުސޫމް މަސައްކަތްކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަން ގިނަ އަހަރުތަކެއްގައި ކުރެއްވުމުގެ އިތުރުން މައުސޫމް ވަނީ ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަންވެސް ކުރައްވާފަ އެވެ. އެންމެފަހުން މައުސޫމް ހުންނެވީ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސްގެ މަޤާމުގަ އެވެ. ނަމަވެސް ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މައުސޫމް އައްޔަންކުރެއްވުމާއި ގުޅިގެން މައުސޫމް ވަނީ ޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން