ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައްކައިގެން އެތަކެތި ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާގެ ހަށިގަނޑުން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 70 ގްރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހަަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން