މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާއި ގުޅޭ ވުޒާރާ އިން ހިންގާ ޕްރޮގެރާމެއްގައި ރާއްޖޭގެ ޚާއްޞަ ވަފުދެއް ބެންކޮކް ބަނދަރަށް ޒިޔާރަތް ކޮށްފިއެވެ.

"އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" (ޕޮޕްސް) މަޝްރޫއުއިން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ސަރުކާރުގެ އިސް އިދާރާތަކުގެ ވަފުދު ވަނީ ބެންކޮކް ބަނދަރަށް ޒިޔާރަތް ކޮށްފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން މި ދަތުރުގެ ތިންވަނަ ދުވަހު، ވަފުދަށް ބެންކޮކް ބަނދަރުގައި ކޮންޓެއިނަރުތައް ބަލައި ފާސްކުރާ ގޮތާއި، އިލެކްޓްރޯނިކް ކުނި އޮޅުވާލައިގެން އިލެކްޓްރޯނިކް މުދަލުގެ ނަމުގައި ޑިކްލެއަރ ކުރުމުގެ މައްސަލަތައް ދެނެގަންނަ ގޮތް ބަލައިލުމުގެ ފުރުސަތު ލިބުނެވެ.

ދިވެހިރާއްޖޭގައި ކެމިކަލްތަކާއި ނުރައްކާތެރި ކުނި އެތެރެކުރުމާއި ބޭރުކުރުމާ ގުޅުންހުރި މުޢާހަދާތަކުގެ ތެރެއިން ބާޒަލް މުޢާހަދާ އަދި ރޮޓަރޑަމް މުޢާހަދާގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރުމަށް ހިންގާ މި ޕްރޮގްރާމަކީ ތައިލެންޑުގެ ބެންކޮކްގައި ހުންނަ ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާ ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، ފަޔަރ އެންޑް ރެސްކިއު ސަރވިސަސް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި މިނިސްޓްރީގެ ވޭސްޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފަންނީ މުވައްޒަފުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

ޕޮޕްސް މަޝްރޫޢުއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީގެ ދަށުން ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާ ގުޅިގެން ހިންގާ ފަސް އަހަރު ދުވަހުގެ މަޝްރޫޢުއެކެވެ.

ބެންކޮކް ބަނދަރަށް ކުރި މި ޒިޔާރަތުން ބާޒަލް މުއާހަދާ ތަންފީޒުކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން