ފުވައްމުލައް ސިޓީގެ އިރުމަތީގައި ހަރުކޮށްފައި އޮތް ކަނދުފައްޗެއްގެ ކައިރިން ފުލުހުންގެ ލޯންޗެއް ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ލޯންޗުން މަސްވެރިކަން ކުރީ ރަތް ބޮއި ކަނދުފައްޗެއް ކައިރިންނެވެ. އެ ކަނދުފައްޗަކީ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ކުރަން ހާއްސަކޮށް ހަރުކޮށްފައިވާ ކަނދުފައްޗަށްވާއިރު އެބާވަތުގެ ކަނދުފަތިތަކުގެ ކައިރިން އެހެން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. ރަތް ބޮއި ކަނދުފަތި ކައިރިން ބައެއް ރިސޯޓްތަކުން މަސްވެރިކަން ކޮށްގެން މީގެ ކުރިން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ފޮޓޯތަކުން ފެންނަގޮތުގައި ފުލުހުންގެ ލޯންޗު އެތަނަށް ގޮސް ކުރީ ވަދު ނަނުގެ މަސްވެރިކަމެވެ. ފުލުހުންގެ ލޯންޗުގައި އެތަނަށް ދިޔަ މީހުން ކަނދުފަތީގެ ކައިރިއަށް ކަނޑަށް ވެސް ފައިބައިގެން އުޅޭ މަންޒަރު އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ. ކަދުފަތި ކައިރީގައި ފީނުމަކީ ވެސް މަނާކަމެކެެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން