މެދުރާއްޖެތެރޭ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މ، ފ، ދ، ތ، އަދި ލ ހިމެނޭ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުން އަންނަކަމަށެވެ.

މި މައްސަލަ ބަލަމުން އަންނަނީ އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ވެސް ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ރަށާއި، ވަނަވަރު ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށްވާތީ އިތުރު މައުލޫމާތު ފުލުހުންހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން