ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިވަންތަ ހަމަތަކާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިބީދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ 2008 ވަނަ އަހަރު ޑިމޮކްރެސީގެ އަސާސްތައް ހިމަނައިގެން އެކުލަވާލެވުނު ގާނޫނުއަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބިގެންދިއުމެވެ.
އޭގެފަހުން މިއަދާހަމައަށްވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައިވަނީ އެ ޤާނޫނު އަސާސީގެ އޮނިގަނޑުގެ ތެރޭގައެވެ. ޤާނޫނު އަސާސީ ބުނާގޮތުން ދިވެހިންގެ ހުރިހާކަމެއްވެސް ބައްޓަންކުރަން ޖެހޭނީ އިސްލާމްދީނުގެ ތަރަހައިގެ މަތީގައެވެ.

— Dr Mohamed Muizzu (@MMuizzu) September 15, 2024
ރައީސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ 2008 ވަނަ އަހަރު ޑިމޮކްރެސީގެ އަސާސްތައް ހިމަނައިގެން އެކުލަވާލެވުނު ގާނޫނުއަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބިގެންދިއުމެވެ.
އޭގެފަހުން މިއަދާހަމައަށްވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައިވަނީ އެ ޤާނޫނު އަސާސީގެ އޮނިގަނޑުގެ ތެރޭގައެވެ. ޤާނޫނު އަސާސީ ބުނާގޮތުން ދިވެހިންގެ ހުރިހާކަމެއްވެސް ބައްޓަންކުރަން ޖެހޭނީ އިސްލާމްދީނުގެ ތަރަހައިގެ މަތީގައެވެ.
ކިޔުންތެރިންގެ ހިޔާލު