ޒަހީނުއްދީން ސަޢީދު   15 ސެޕްޓެމްބަރު 2024 - 19:44
މިހާރު އޮތީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އޮންލައިން ނޫހަކުން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގެ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ބުނާ ހަބަރަކާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީގެ ރައީސް ޢަބުދު ﷲ ޝާހިދު ވިދާޅުވީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިއީ ޑިމޮކްރަސީއާ ބީރައްޓެހި ޚަބަރެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރަކުން، މިނިވަން ނޫސްވެރިކަމަށް އަޅާ ހުރަހެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އަދި އޮންލައިން ނޫހެއްގައި ރައީސަށް ނިސްބަތްކޮށް ފިތުނަ އުފައްދައި ދޮގު ޚަބަރު ފެތުރި މައްސަލަ މީޑިޔާ ކައުންސިލަށް ހުށައަޅާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވަނީ ވިދާޅުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން