އަންހެން ދަރިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ބައްޕަގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މާލޭގައި ދިރިއުޅޭ މެދު ރާއްޖެ ތެރޭގެ އާއިލާއަކަށް ނިސްބަތްވާ އެ ފިރިހެން މީހާ އޭނާގެ ދެ އަންހެން ދަރިންނަށާއި އާއިލާގެ އެހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ އިއްޔެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގެ މުއްދަތު މިއަދު ވަނީ ޖަހައިފަ އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި ޖިންސީ ގޯނާ ކޮށްފައިވަނީ 18 އަހަރު ނުފުރޭ ކުދިންނަށް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން