ލޮޖިސްޓިކްސްގެ ބޭނުމަށް އިނގިރޭސި ވިލާތުގެ އަސްކަރީ ބޮޑު މަނަވަރެއް މިއަދު ރާއްޖެއަށް ބަނދަރުކޮށްފިއެވެ.

"އާރްއެފްއޭ ލައިމް ބޭ" ނަމަކަށް ކިޔާ އެ މަނަވަރު މާލެ އަށް ބަނދަރުކޮށްފައިވާއިރު މި މަނަވަރަކީ އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިން ބޭނުން ކުރަމުން އަންނަ ބޮޑެތި މަނަވަރުތަކުގެ ތެރެއިން އެއް މަނަވަރެކެވެ.

މިވަގުތު މި މަނަވަރު އޮތީ މާލޭގެ ހުޅަނގު އުތުރު ކަންމައްޗާދިމާ ބޭރުގައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި މަނަވަރަކީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އައި މަނަވަރެއް ކަމަށެވެ. އަދި މަނަވަރު ރާއްޖެ އައީ ލޮޖިސްޓިކްގެ ބޭނުމުގައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

"ލައިމް ބޭ"ގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އުޅަނދުން މާލެ އައީ ޕޯޓް ވިޒިޓަކަށް ކަމަށެވެ.

ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރާ ބޭރުގެ އަސްކަރީ އުޅަނދުތައް މީގެކުރިން ވެސް ލޮޖިސްޓިކްގެ ބޭނުމަށް ރާއްޖެ އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން