ޒަހީނުއްދީން ސަޢީދު   16 ސެޕްޓެމްބަރު 2024 - 19:51
އަންނަ ހަފުތާއިން ފެށިގެން ފިޔާގެ އަގު ހެޔޮވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ބާޒާރުގައި ފިޔާ ލިބުން ދަތިވެ ފިޔާ ވިއްކާ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 50ރ އިން މަތީގައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު މިހާރު ވަނީ 900ރ. އަށް ވުރެ މައްޗަށް އަރާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑު ކަމަށެވެ. އެހެން ނަމަވެސް އަންނަ ހަފުތާއިން ފެށިގެން ފިޔާގެ އަގު ހެޔޮވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ، ފިޔާގެ އަގު ބޮޑުވީ ރާއްޖެއަށް ފިޔާ އެތެރެކުރާ މިންވަރު މަދުވެފައި ވާތީ ކަމަށެވެ. އެގޮތުން ފިޔާ އެތެރެކުރާ މިންވަރު މަދުވާން މެދުވެރިވީ، އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރާ މިންވަރު ވެސް މަދުވުމުންކަމަށް ހީނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔަ އަންނަ ހަފުތާގެ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު އެސްޓީއޯ މެދުވެރިކޮށް، އިތުރަށް ރާއްޖެއަށް ފިޔާ ގެނައުމުގެ މަސައްކަތް އެބަ ކުރައްވާ،" ހީނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން