މަސްވެރިންގެ ޤައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައި މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން އަންނަމަހުން ފެށިގެން ޔަޤީންކުރާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް [ކެޔޮޅު] ފޯނު އެޕްލިކޭޝަނެއް 2024 ފެބްރުއަރީ 16 ގައި އިފްތިތާހުކޮށްފައިވާކަމަށެވެ. އަދި މި ދަފްތަރު ފުރިހަމަކުރުމަށްޓަކައި މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅުމުގެ އިތުރުން، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް ދަތުރުކޮށް ދަފްތަރުގައި ރަޖިސްޓަރީވުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު އޮޑިވެރިންނަށާއި މަސްވެރިންނަށް ދީފައިވާކަމަށްް މިނިސްޓްްރީން ނެރުނު ބަޔާނުގައިވެއެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫއުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރަން އެއްކުރެވޭ މުހިއްމު މައުލޫމާތުތަކެއްކަމަށެވެެ.

ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އަންނަ މަހުގެ އެއްވަނަދުވަހުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓްކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އަންގާފައެވެ. ދަފްތަރުގައި ރަޖިސްޓަރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބާ ނަންބަރ (7928721) އަށް މެސެޖް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން