ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފު އައްޔަންކުރަން ރުހުން ދިނުމާމެދު ގޮތެއް ނިންމަން މާދަމާ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފު އައްޔަންކުރަން ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް ޖަލްސާ ބާއްވަން އެޖެންޑާކޮށްފައިވަނީ މާދަމާ ހެނދުނު 09:00 ޖަހާއިރަށެވެެ. މިއީ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާ އެކެެވެ.

ޕީޖީއަކު އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މީގެ ކުރިން ދެ ޖަލްސާ އެއް ވަނީ ބާއްވާފައެވެ. މާދަމާ ބާއްވަނީ ދައުރުން ބޭރުން ބާއްވާ ތިންވަނަ ޖަލްސާއެެވެ.

މަދަމާ ހެނދުނު 09:00 ޖަހާއިރު ބާއްވާ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމަށް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު ފޮނުއްވި މައްސަލައިގައި، ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވާ ވޯޓަށް އެހުމެެވެ.

އައްބާސް ޝަރީފް ޕީޖީކަމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ވަނީ ފާސްކޮށްފައެވެ. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒް ގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފަށް ކޮމެޓީން ވަނީ 93.91 މާކްސް ދީފައެވެ.

މާދަމާގެ ޖަލްސާގައި ކުންފުނިތަކުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުތަކަށް ވޯޓަށް އަހަންވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން