ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށް ވަނީ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީގައި އާދޭސްކުރަން ޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި, ރާއްޖޭގެ ކުންފުނިތަކުގެ ހާލަތާއި ގުޅޭގޮތުން މައުރޫފް ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ, ޕްރައިވެޓް ކުންފުނިތަކުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި ސަރުކާރުން އެ ކުންފުނިތައް ލައްވާ މަސައްކަތް ކުރުވާފައި ދޭންޖެހޭ ފައިސާ ނުދޭކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

އަދި ކުންފުނިތައް މިހާރު ވަނީ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީ ދޮރުމަތީ ކިއު ހަދައިގެން ތިބެންޖެހޭ ހާލަތަށް ގޮސްފައި ކަމަށާއި އެ ފަރާތްތަކުން ދަނީ ލިބެންޖެހޭ ފައިސާ ހޯދުމަށް އާދޭސް ކުރަމުން ކަމަށް ވިދާޅުވިއެވެ.



މައުރޫފް ވިދާޅުވީ ހާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުންފުނިތަކުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި އެ ކުންފުނިތައް އެއްކޮށް ބަނގުރޫޓު ވެފައިވާ ކަމަށާއި އިންޑްސްޓްރީ ވެސް އޮތީ ބަނގުރޫޓް ވެފައިކަމަށެވެ.

މައުރޫފް ވިދާޅުވީ ފެނިގެންދަނީ މާލީ ދަތިކަން ހުރިކަމަށް ބުނެ މަޝްރޫއުތައް ވެސް ހުއްޓާލައިގެން ތިބޭތަން ކަމަށާއި ނަމަވެސް, ރަށެއްގައި އިންތިހާބެއް އޮވެއްޖެނަމަ އެ ރަށަކަށް ކަންކަން ކޮށްދެމުން ދާކަމަށެވެ.

އަމިއްލަ ކުންފުނިތަކަށް ފައިސާ ނުލިބޭ ވާހަކަ މައުރޫފު ދެއްކެވި އިރު އެމްޑީޕީގެ ވެރިކަމުގައި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން އެ ކުންފުނިތަކުން އިހުތިޖާޖުކޮށް އަޑުއުފުލާފައި ވެއެވެ. އޭގެ ތެރެއިން ބޮޑުބައެއް ދައްކައި ޚަލާސްކުރީ މިހާރުގެ ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން