ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަޙްމަދު އަލީ ހަބީބު
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަޙްމަދު އަލީ ހަބީބު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަޙްމަދު އަލީ ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ބީއެމްއެލްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން ގައި ބޭންކުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމަށް ސަރުކާރުން ހުށައަޅާފައިވަނީ އަހުމަދު ޢަލީ ޙަބީބުގެ އިތުރުން މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަންފުޅެވެ.

ބޭންކުގެ ހިންގާ ގަވާއިދުގެ 49 މާއްދާގައި ބުނެފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަޤާމުތަކަށް އައްޔަނުކުރުމަށް ހުށަހަޅާ ޑިރެކްޓަރުންގެ އަދަދު ހުސްވެފައިވާ މަގާމުތަކުގެ އަދަދާ އެއްވަރުވާ ހާލަތުގައި ނުވަތަ މަދުވާ ހާލަތުގައި، ކުންފުނީގެ ހިއްސާދާރުންނަށް އެ މަގާމުތަކަށް ޑިރެކްޓަރުންގެ ނަން ހުށަހެޅިދާނެ ކަމަށެވެ.

އެމްއެމްއޭ އިން މިފަހުން ގަވައިދަށް ގެނައި ބަދަލުގެ ސަބަބުން، ވަޒީރުން ފިޔަވާ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް ބޭންކުތައް ފަދަ މާލީ އިދާެރާތަކުގެ މަގާމުތައް އަދާކުރެވޭނެ އެވެ.

ބީއެމްއެލްގެ އެޕޮއިންޓްމަންޓު، ނޮމިނޭޝަން އެންޑް ރެނިއުމަރޭޝަން ކޮމިޓީން މިހާރު ވަނީ ހަބީބަކީ ބޭންކުގެ ބޯޑަށް އައްޔަނުކުރަން ގާބިލު ކަމަށް ފާސްކޮށްފައެވެ. އަޙުމަދަކީ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ) ގެ މެމްބަރެކެވެ.

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ޙަބީބު ވަނީ 2021 އިން 2019 އަށް އެޗްޑީސީގެ ބޯޑުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި 2006 އިން 2023 ވަނަ އަހަރާ ހަމައަށް އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބީއެމްއެލްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން ބޭއްވުމަށް ހަމަޖެހިފައިވާއިރު ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް ވަނީ މިމަހުގެ 8 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވައެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން