ކްރިއޭޓިވް އިކޮނޮމީ ފަންޑު މިނިސްޓަރު ސަޢީދު އިފްތިތާޙްކޮށްދެއްވަނީ، ފޮޓޯ ސަން
ކްރިއޭޓިވް އިކޮނޮމީ ފަންޑު މިނިސްޓަރު ސަޢީދު އިފްތިތާޙްކޮށްދެއްވަނީ، ފޮޓޯ ސަން
އަންހެނުން ވިޔަފާރި ފަށައިގަތުމަށް 100 މިލިއަން ރުފިޔާ ލިބޭ ގޮތަށް ކްރިއޭޓިވް އިކޮނޮމީ ފަންޑު އިކޮންމިކް މިނިސްޓްރީ އިން އިފުތިތާހުކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

އިކޮންމިކް މިނިސްޓްރީ އިން ބުނީ އެ ފަންޑަށްއެދި ހުށަހެޅުމަށް އަންނަ މަހުގެ 10ވަނަ ދުވަހު ހުޅުވައިލާނެކަމަށެވެ. އަދި މި ފަންޑުގެ ތެރެއިން ކޮންމެ ފަރާތަކަށް ބައިލައްކަ ރުފިޔާއާއި ތިން ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިސާ ނެގުމަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. އަދި މި ފަންޑުގެ ތެރެއިން ސްޓާޓަޕް ލޯނަށް އަންހެނުންނަށް 100 މިލިއަން ރުފިޔާއަށް އެދި ހުށަހެޅޭނެ ކަމަށް އިކޮންމިކް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

އިކޮންމިކް މިނިސްޓްރީ އިން ބުނީ މިއަހަރު އެ ފަންޑުގެ ތެރެއިން ފޯކަސް ކުރާނީ ފިލްމާއި މިއުޒިކް އުފެެއްދުމަށާއި އާޓް އެންޑް ކްރާފްޓުގެ ދާއިރާއަށާއި ކޮންޓެންޓު ކްރިއޭޓިންގެ ދާއިރާއަށް ކަމަށެވެ. އަދި، އަންނަ އަހަރު އިތުރު ދާއިރާތަކުން މި ފަންޑުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުންޏެވެ.

އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމެއް ތައާރަފު ކުރުމަކީ ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެއް ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން