ޒަހީނުއްދީން ސަޢީދު   18 ސެޕްޓެމްބަރު 2024 - 0:39
މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ރޭ ފެނިއްޖެ އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާފަންނު ގެއަަކުން މަރުވެފައިވާ އޮތް މީހަކު ފެނިފައިވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައި އޮތް މީހަކު ފެނިފައިވަނީ މާފަންނު އީވް ކްލިނިކް ކަައިރީގައި ހުންނަ ގެއެއްގެ ކޮޓަރިއަކުންނެވެެ. އެސަރަހައްދުގައި ހެޒްމެޓް ސޫޓު ލައިގެން ފުލުހުން ހަރަކާތްތެރިވަމުންދާއިރު މިހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގުކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން