އަތްމަތި ދަތިވެ ކެވޭނެ ގޮތެއް ނެތިގެން ކަމަށް ބުނެ ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 40 އަހަރުގެ ފިރިހެނެކެވެ.

އަމިއްލަ މަސައްކަތްކޮށްގެން އުޅޭ އެ މީހާއަަށް މަސައްކަތް ނުލިބި ކެވޭނެ ގޮތެއް ނެތުމުން ބަނޑުހައިވެގެން ފިހާރައަކުން ވައްކަންކުރީ ކަމަށް ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް އެއީ އޮއްޓަރެއް ހުރި ވާހަކައެއް ނޫން ކަމަށާއި އަދި ވަގަށް ނެގީ ބަނޑުހައިވެގެން ކާ ކަހަލަ ކާތަކެތި ނޫން ކަމަށް ފުލުހުންގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެކަމަކު އޭނާއަކީ ކުރިން އެފަދަ ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމެއް ބަންދު އަމުރުގައު ބުނެފައެއް ނުވެއެވެ.

އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަަމަށާއި އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހު ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން