އެލޮން މަސްކް މިހާރު ހުރީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރ އަށް ވުމުގެ މަގުމަތީގައި ކަމަށް އިންފޯމާ ކަނެކްޓް އެކަޑަމީން ބުނެފިއެވެ.
އިންފޯމާ ކަނެކްޓް އެކަޑަމީން ބުނީ ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި މީހާގެ ލަގަބުވެސް ހޯދާފައިވާ އެލޮން މަސްކް މިހާރު ހުރީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރ އަށް ވުމުގެ މަގުމަތީގައި ކަމަށެވެ.
އިލެކްޓްރިކް ވެހިކަލްތަކާއި ސޯޝަލް މީޑިއާ އިން ފެށިގެން ޖައްވީ ރޮކެޓްތަކާއި އިންސާނުންގެ ސިކުނޑިއަށް ލެއްވޭ އިމްޕްލާންޓްތައްވެސް އީޖާދުކުރަމުންދާ މަސްކް އަކީ ޓެކް ދާއިރާގައި އެފަދަ ދެވަނައެއް ނުވާ ވަރުގެ މަހުޖަނެކެވެ.
މަސްކްގެ ވިޔަފާރީގެ ކާމިޔާބީގެ ސަބަބުން އޭނާ ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި ޚިޔާލުތަފާތުވުން ބޮޑު މީހުންގެ ތެރޭގައެވެ. ޓެކް ކުންފުނި ޓެސްލާގެ ވެރިޔާ، މަސްކް އަކީ މިހާރުވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށް ވާއިރު އޭނާގެ މުއްސަނދިކަން ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
އިންފޯމާ ކަނެކްޓް އެކަޑަމީން ބުނާ ގޮތުގައި 2027 ވަނަ އަހަރު މަސްކުގެ މިލްކިއްޔާތު ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.
އިންފޯމާއިން ފާހަގަކުރާ ގޮތުގައި މަސްކްގެ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 110 އިންސައްތައިގެ ރޭޓުން ވަރަށް ބާރަށް ކުރިއަރަމުން ދެއެވެ. މިއާއެކުވެސް މަސްކް އާ ވާދަވެރި ފަރާތްތަކުން ކުރިމަތިލާނެ ކަމަށް އެ އެކަޑަމީން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު