ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޓެކްނޮލޮޖީ ލީޑަރު، އީލޮން މަސްކް ބުނާ ގޮތުގައި އިންސާނުން މަރުވުމަކީ އަބަދަށް ދެމިގެންދާނެ ކަމެއް ނޫން ކަމަށާއި، ސައިންސުގެ އެހީގައި އެކަމަށް ހައްލެއް ހޯދިދާނެއެވެ. ޓެސްލާ އަދި ސްޕޭސް އެކްސްގެ ސީއީއޯ ގަބޫލުކުރާ ގޮތުގައި މުސްކުޅިވުމަކީ ހީކުރާހާ އުނދަގޫ ކަމެއް ނޫނެވެ. އަދި ޒަމާނީ ބަޔޮލޮޖީގެ އެހީގައި އިންސާނުންނަށް މިހާރަށްވުރެ މާ ގިނަ ދުވަހު ދުނިޔޭގައި އުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
"މޫންޝޮޓް" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން މަސްކް ބުނީ އިންސާނުންގެ އުމުރު ދިގުކުރުމަކީ ނުވަތަ އޭނާ ސިފަކުރި ގޮތުގައި "ސެމީ-އިމޯޓަލިޓީ" (ކޮންމެވެސް މިންވަރެއްގެ އަބަދަށް ދެމިހުރުން) ހާސިލުކުރުމަކީ ސައިންޓިފިކް ގޮތުން ކުރެވިދާނެ ކަމެއް ކަމަށެވެ. "އުމުރު ދިގުކުރުމަކީ ވަރަށް ފަސޭހައިން ހައްލުކުރެވޭނެ މައްސަލައެއް ކަމަށް އަހަރެން އަބަދުވެސް ދެކެން. މިއީ އެހާ އުނދަގޫ ކަމެއް ކަމަކަށް އަހަރެން ނުދެކެން،" މަސްކް ބުންޏެވެ.
މަސްކް ތަފްސީލުކޮށްދިން ގޮތުގައި އޭނާ އަބަދުވެސް މުސްކުޅިވުން ދެކެނީ ކޮންމެހެން ވާންޖެހޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު އެއީ ބަދަލުކުރެވިދާނެ ކަމެއްކަމަށެވެ. އޭނާ ބުނާ ގޮތުގައި މީގެ އެންމެ މުހިންމު ތަޅުދަނޑިއަކީ އިންސާނާގެ ހަށިގަނޑު މުސްކުޅިވަނީ ކީއްވެގެންކަން ދެނެގަތުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އިންސާނާގެ ހަށިގަނޑަކީ އެއް "ޕްރޮގްރާމެއްގެ" ދަށުން މަސައްކަތްކުރާ އެއްޗެކެވެ.
އެހެންކަމުން މުޅި ހަށިގަނޑު މުސްކުޅިވަނީ އެއް ވަގުތެއްގައި ވަރަށް ބޮޑަށް ގުޅިލާމެހިގެންނެވެ. "ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އެއްވަރަކަށް މުސްކުޅިވަމުންދާކަމީ މީގެ ހެކި. އެއްވެސް މީހެއްގެ ވާތު އަތް މުސްކުޅިވެފައި ކަނާތް އަތް ޒުވާންކޮށް ނުހުންނާނެ،" މަސްކް ފާހަގަކުރިއެވެ.
އޭނާ ބުނި ގޮތުގައި ހަށިގަނޑުގައި ހުންނަ މި "ޕްރޮގްރާމް" ބަދަލުކޮށްލުމުން، އިންސާނާއަށް މާ ގިނަ ދުވަހު ދިރިހުރެވިދާނެއެވެ. މަސްކް މިކަމަށް ވަކި ތާރީޚެއް ނުދިން ނަމަވެސް، މިއީ ބަޔޮލޮޖިކަލް މައްސަލައެއްގެ ގޮތުގައި އޭނާ ދެކެއެވެ.
މިހާރަކަށް އައިސް މުސްކުޅިވުން ހުއްޓުވުމުގެ ދިރާސާތަކަށް ސިލިކަން ވެލީގެ ބޮޑެތި މަހުޖަނުން ދަނީ ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. އޭގެ ތެރޭގައި އޯޕަން އޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ހިމެނެއެވެ. އޯލްޓްމަން ވަނީ "ރެޓްރޯ ބަޔޯސައިންސަސް" ކިޔާ ކުންފުންޏަކަށް 180 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. މި ކުންފުނީގެ އަމާޒަކީ އިންސާނުންގެ ދިރިއުޅުމަށް މަދުވެގެން ދިހަ އަހަރު އިތުރުކޮށްދިނުމެވެ.
މީގެ އިތުރުން، ޓެކް މިލިއަނަރު ބްރަޔަން ޖޯންސަން އަކީވެސް މި ދާއިރާގައި މަޝްހޫރު މީހެކެވެ. އޭނާ ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ހޭދަކުރަނީ އޭނާގެ ހަށިގަނޑު މުސްކުޅިވުން ހުއްޓުވުމަށެވެ. މީގެ ތެރޭގައި ހަރުކަށި ޑައެޓްތަކާއި، ނިދި މޮނިޓަރުކުރުމާއި، އަދި ތަފާތު ސައިންޓިފިކް ޓެސްޓުތައް ހެދުން ހިމެނެއެވެ. މިއީ މިހާރު ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ވެރިންގެ މެދުގައި އޮތް ބޮޑު ޝައުގުވެރިކަމެކެވެ.
ދުނިޔޭގެ މަހުޖަނުން ބޮޑު ޚަރަދުކޮށްގެން ސައިންސްގެ އަލީގައި ހޯދުންތައް ހޯދައިގެން ކިތަންމެ މޮޅު، ފޮނި ވާހަކަތަކެއް ދެއްކި ނަމަވެސް އިންސާނުން އުފެއްދުމާއި އިންސާނުން މަރު ނުވެ ދެމެހެއްޓުމަކީ މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިވާ ހުވަފެނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު