ސްޕޭސް އެކްސްގެ ބިލިއަނަރު އިލޮން މަސްކް، އިންޑިއާގައި ސްޓާލިންކްގެ ހިދުމަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ލިބުން ލަސްވަމުންދާތީ، މުކޭޝް އަމްބާނީ އޭނާގެ މުވާސަލާތީ ވިޔަފާރި ހިމާޔަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރައްވައިފިއެވެ.
އިލޮން މަސްކް ވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއާ އޮތް ހިޔާލުތަފާތުންތައް އިތުރަށް ހޫނުކޮށް، ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން އަށް މަލާމާތުގެ ރާގަކަށް "ޕްރައިމް މިނިސްޓަރ އަމްބާނީ" ގެ ނަމުން މުހާތަބު ކުރައްވާފައެވެ. އަދި އަމްބާނީގެ ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި ސްޓާލިންކް އިންޑިއާއަށް ވަނުމަށް ހުރަސް އަޅަމުންދާ ކަމަށްވެސް މަސްކް ތުހުމަތު ކުރެއްވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި މަސްކް ވަނީ، އިންޑިއާގެ ރެގިއުލޭޓަރުންނާއެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވީ ނަމަވެސް، ސްޓާލިންކަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް އަދިވެސް ނުލިބި ވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސެޓެލައިޓް އިންޓަނެޓްގެ ސަބަބުން ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި، ގުދުރަތީ ކާރިސާތަކުގެ ވަގުތުގައި މުވާސަލާތީ ހިދުމަތް ދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
އިންޑިއާއިން ސްޓާލިންކަށް ލައިސަންސް ދޫކޮށްފައިވީ ނަމަވެސް، ވިޔަފާރީގެ އުސޫލުން ހިދުމަތް ފެށުމުގެ ކުރިން ސެކިއުރިޓީ ކްލިއަރެންސް އާއި ސްޕެކްޓްރަމް ހޯދުމަށް އެ ކުންފުނިން އަދިވެސް މަސައްކަތް ކުރަން ޖެހެއެވެ.
ޓެލެކޮމް މިނިސްޓަރު ޖިއޯތިރާދިތުޔާ ސިންޑިއާ ވަނީ ވަކި ބަޔަކަށް ނުވަތަ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންޑިއާއަކީ އެއްވެސް ފަރާތަކަށް މޮނޮޕޮލީއެއް އޮތުމަށް ފުރުސަތުދޭ ގައުމެއް ނޫން ކަމަށެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ސްޓާލިންކާއި، ރިލަޔަންސްގެ ސެޓެލައިޓް ވިޔަފާރިއާއި، ބާރްތީ އެއަރޓެލްގެ އެހީތެރިކަމާއެކު ހިންގާ ޔޫޓެލްސެޓް ވަންވެބް އިން ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ މަރުހަލާތަކަކީ އެއް ފެންވަރެއްގެ މަރުހަލާތަކެކެވެ.
މި ހިޔާލުތަފާތުންތަކުން ހާމަވަނީ އިންޑިއާގެ މުވާސަލާތީ ބާޒާރުގައި އޮތް ވާދަވެރިކަން އިތުރުވަމުންދާ މިންވަރެވެ. ރިލަޔަންސް ޖިއޯ އާއި ބާރްތީ އެއަރޓެލް އިން މިހާރުވެސް މި ދާއިރާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާއިރު، އެ ކުންފުނިތަކުން ދަނީ އަމިއްލަ ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ފެށުމަށްވެސް މަސައްކަތް ކުރަމުންނެވެ.
މި ކުރިމަތިލުމަކީ، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު މަސްކް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވިއިރު އޮތް އުންމީދީ މާހައުލާ މުޅިން ތަފާތު ހާލަތެކެވެ.
ސްޓާލިންކް އިންޑިއާގައި ފެށުން އަދިވެސް އޮތީ މަޑުޖެހިފައެވެ. މީގެ އިތުރުން، އިމްޕޯޓް ޑިއުޓީ ބޮޑުވުމާއި ވިޔަފާރި މަދުވުމުގެ ސަބަބުން ޓެސްލާ އަށް ވެސް އިންޑިއާގެ ބާޒާރުގައި ކުރިއެރުން ހޯދުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު