މާލެއާއި ހުޅުމާލޭ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މާލެ ސިޓީ، އަލިކިލޭގެފާނު މަގު، ކަޅުހުރާ މަގު، ބޮކަރުމާ ގޯޅި ހިމެނޭ ސަރަޙައްދުން އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އަސްރުމާ ހިނގުން، ޗަނބޭލީ މަގު ގޯޅި 3 (ފްލެޓް 138_133) ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 13:00 އިން ފެށިގެން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ބުނީ މިއަދު ކަރަންޓު ކަނޑަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ ބޭނުމުގައި ކަމަށެވެ. މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ރަށްތަކުގެ ކަރަންޓު ވިއުގަތައް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ގިނަ ރައްރަށުގައި މި މަސައްކަތް މިހާރު ކުރަމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން