އަހުޒަމް އަޙްމަދު   18 ސެޕްޓެމްބަރު 2024 - 11:44
ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމަށް އަައްބާސް އައްޔަންކޮށް ލިޔުން ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމަށް އަައްބާސް އައްޔަންކޮށް ލިޔުން ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އައްޔަނުކުރައްވައިފި އެވެ.

ޕީޖީގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު އެ ނަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަންފުޅު އެކަންޏެވެ.

އަދި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާ ބާއްވައި އައްބަސް އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.

އައްބާސް އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން އިއްޔެ ފާސްކުރީ 85 މެމްބަރުންގެ ވޯޓާއެކު އެވެ.

"ރަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އައްބާސް ވަނީ ޕީޖީގެ މަގާމަށް މިއަދު އައްޔަނުކުރްވައިފަ އެވެ. އެރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރަށްވާފައެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ގައި ފާސްކުރުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން