އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   21 އޯގަސްޓު 2020 - 17:4
އިންޑިޔާގެ އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ރާޖަމުނދްރީ ސިޓީގައި ހުންނަ ބްރިޖަކުން އަންހެނަކާއި އޭނާގެ 2 ދަރިން ފުންމާލައި އަމިއްލަ އަށް މަރުވެއްޖެއެވެ.



50އަހަރުގެ ޕަރިމި ސުނީތާ އާއި އޭނާގެ 25 އަހަރުގެ ފިރިހެން ދަރި ޕަނީކުމާރާއި، 23 އަހަރުގެ އަންހެން ދަރި ލަކްޝްމީ އަޕަރްނާ އިންޑިޔާގެ ގޮދާވަރީ ކޯރަށް ބްރިޖްމަތިން ފުންމާލައިގެން އަމިއްލައަށް މަރުވެފައިވަނީ އެޢާއިލާގައި އެންމެ އިސްކޮށްހުރި ސުނީތާގެ ފިރިމީހާ ކޯވިޑް-19 ގައި މަރުވުމާ ގުޅެންކަމަށް މީޑިޔާ ރިޕޯރޓްތަކުން ބުނެއެވެ.



މިޙާދިސާގެ މަޢުލޫމާތު މީޑިޔާތަކަށް ހާމަކުރަމުން އިންޑިއާ ފުލުހުން ބުނެފައިވަނީ، އެމީހުން ބްރިޖުން ފުންމާލައި މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓެއް އެމީހުންގެ ކާރުން ފެނިފައިވާ ކަމަށެވެ. އޭގައި އެމީހުންގެ މަރުވާ ސަބަބު ކަމަށް ލިޔެފައިވަނީ އެއާއިލާ އަކީ ކޯވިޑް-19 ގެ ޝިކާރައެއްކަމުން އަމިއްލައަށް މަރުވާން ނިންމީކަމަށެވެ.



ފުލުހުން ބުނެފައިވަނީ ސުނީތާގެ ފިރިމީހާގެ ޢުމުރަކީ 52 އަހަރު ކަމަށާއި، މި ފިރިހެންމީހާ ކޯވިޑް-19ގެ ސަބަބުން މަރުވުމުން އޭނާގެ އާއިލާއަށް ވަރަށް ބޮޑެތި ހިތާމަތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ފިރިމީހާގެ މަރަށްފަހު އެ ތިން މައިންނަށް އެމީހުންގެ އާއިލާއާއި ރައްޓެހިންގެ ފަރާތުން އެއްވެސް ވަރަކަށް އެހީތެރިކަމެއް ފޯރުކޮށް ނުދިނުމުން އެމީހުން ގޮތްހުސްވީކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން