ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޑރ. އިޔާޒްއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން ޑރ. އިޔާޒް ރަތަށް އަރައިފިއެވެ.
އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީމް ވިދާޅުވީ ޑރ އިޔާޒްގެ އަނބިކަނބަލުން ވަރިކުރުމަށް ޑރ. ޝަހީމް ވިދާޅުނުވާ ކަމަށާއި، އަނބިކަނބަލުން ކޮންޓްރޯލް ނުކުރެވޭ ވާހަކައާއި ޑރ. އިޔާޒްގެ ބަސް ނާހާ ކަމަށް މީސް މީހުންގެ ކައިރީގައި ދައްކަވަނީ ޑރ. އިޔާޒް ކަމަށެވެ.
ހަމައެއާއެކު ޑރ. ޝަހީމް ވިދާޅުވީ ޑރ. އިޔާޒަކީ މާތް ބޭފުޅެއް ކަމަށާއި އެހެންކަމުން ބަސްނާހާ ކުއްޖަކާ އިނދެގެން ނޫޅުމަށް ރަޙުމަތްތެރިއަކު ނަސޭޙަތްތެރިވުމުގެ މާނައަކީ ސަރުކާރުގެ ފަރާތުން އަންހެނުން ވަރިކުރަން އެންގުން ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ކޯފާ އިސްކުރަށްވައި މީސް މީޑިއާގައި ޑރ. އިޔާޒް ވިދާޅުވީ ޑރ. ޝަހީމް ޑރ. އިޔާޒްގެ އަނބިކަނބަލުން ވަރިކުރުމަށް އެންގީ މުހައްމަދު ޝިފާން މެދުވެރިކޮށް ކަމަށެވެ. އަދި އަނބިކަނބަލުން ބަސްގަބޫލު ނުކުރާކަމަށް ޑރ. އިޔާޒް މީސްމީހުން ގާތު ވާހަކަދައްކާ ކަމަށް ބުނެ ވެސް ޑރ. ޝަހީމް ހެއްދެވީ ރޯ ބުހުތާނު ދޮގު ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރިވެތި އަހުލާގުގެ ވާހަކަ ދައްކަވާ އިރު ހިލޭ އަންހެން ކުއްޖެއް އަތުގައި ހިއްޕަވައިގެން މީހެއްގެ ފްލެޓެއްތެރެއަށް ވަދެ ބޮނަކުއާ ބޯން އޮންނެވީ ޑރ. ޝަހީމް ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
“ﷲގެ ރަޙްމަތުން އަޅުގަޑު އަންހެނުންނަކީ ވަފާތެރި ކިޔަމަންތެރި އެއް.” ޑރ. ޝަހީމަށް ރައްދު ދެއްވަމުން ޑރ. އިޔާޒް މިއަދު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގެ ނޫހަކަށް ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ދެއްވި އިންޓަވިއުއެއްގައި ޝާދިޔާ ވަރިކުރުމަށް ސަރުކާރުން ޑރ. އިޔާޒަށް އެންގި ކަމަށް ވިދާޅުވެފައިވެއެވެ. އެކަމާ ގުޅިގެން ޑރ. އިޔާޒްވެސް ވަނީ އެއީ ހިނގި ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަޅުގަޑު އަންހެނުން ފުލުހުންގެ ހައްޔަރުގައި ހުރި އިރު @abu_auyun މެދުވެރިކޮށް @Mohamedshaheem1 "އޭނާ ކައިރީ ބުނޭ ޝާދިޔާ ވަރިކުރާށޭ" މިފަދައިން އެންގި. އަޅުގަޑު އަންހެނުން ބަސް ޤަބޫލު ނުކުރާ ވާހަކަ މީހުން ގާތު ދައްކާ ކަމަށް ބުނެވެސް ހެއްދެވީ ބޮޑު ބުހުތާނު ދޮގެއް. ﷲގެ ރަޙްމަތުން…
— Dr.Mohamed Iyaz (@dr_iyaz) September 18, 2024
މީގެ ކުރިން ރާއްޖޭގެ ނޫހަކަށް ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ދެއްވި އިންޓަވިއުއެއްގައި ޝާދިޔާ ވަރިކުރުމަށް ސަރުކާރުން ޑރ. އިޔާޒަށް އެންގި ކަމަށް ވިދާޅުވެފައިވެއެވެ. އެކަމާ ގުޅިގެން ޑރ. އިޔާޒްވެސް ވަނީ އެއީ ހިނގި ކަމެއް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު